ހެޔޮ ވެރިކަން ކޮރަޕްޝަން ހުއްޓުވުން

ވިސްލް ބްލޮވިންގް ގާނޫނު ރައްޔިތުންގެ މަޖިލިހަށް ފޮނުވޭނެ : 60 ދުވަސް

November 18, 2018
ކުރިއަށްދަނީ
Dec 2018

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދޭ ބިލު ކޮމިޓީއަށް ފޮނުވައިފި

ދަ ޕްރެސް December 17, 2018

ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ފެންމަތި ކުރުވާ މީހުންނަށް ދައުލަތުން ހިމާޔަތް ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ ބިލު ބަލައިގަންނަން މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުންނެވެ

އެ ބިލު ކޮމިޓީން ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ. ބިލު ފާސްކުރަން ވޯޓަށް އަހާނީ އޭގެ ފަހުންނެވެ. ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް (ވިސްލް ބްލޯ ކުރާ މީހުންނަށް) ހިމާޔަތް ދިނުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި މީހަރު ނެތެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ ބިލު މަޖިލީހުން ބަލައިގަތްއިރު، ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމު ކުރި މައްސަލައެއްގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ، ގާސިމް އަބްދުލްކަރީމްގެ މައްޗަށް ވަނީ ޖިނާއީ ދައުވާކޮށް، ކުށް ސާބިތުވެފައެވެ. ހުއްދަ ނޫން ގޮތެއްގައި މައުމޫލާތު އާންމު ކުރުމުގެ ދައުވާކޮށް، ގާސިމްގެ މައްޗަށް އެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް އިއްވިއިރު، ގާސިމް މިހާރު ހުރީ އެ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެފައެވެ. އޭނާއަށް ދައުވާކޮށް، ޖަލަށްލި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ