Society Transport

60 days: Start a campaign to spread road safety awareness and distribute 5,000 free helmets

November 18, 2018
In progress
Jan 2019

ޓްރެފިކަށް ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށަނީ

Mihaaru January 27, 2019

ޓްރެފިކާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވަން ބޮޑު ކެމްޕެއިނެއް ފަށަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ

އެ މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓު އޮތޯރިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓްރެފިކްގެ ގަވާއިދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން އަންނަ ބުރާސްފަތި ދުވަހު "މީތި ސަޅި" ނަމުގައި ކެމްޕެއިން ފަށާނެ ކަމަށެވެ. އަދި އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބޮޑު ކެމްޕެއިނެއް ސަރުކާރުން ފަށަނީ، އެކްސިޑެންޓުތައް ގިނަވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބެމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު އާއްމުންނަށް ސިނަމާލެ ބްރިޖު ހުޅުވާލިފަހުން، އެކްސިޑެންޓުތައް ގިނަވެފައިވެ އެވެ

ސަރުކާރުން ވަނީ މާޗް 10 ވަނަ ދުވަހުގެ ފަހުން ބްރިޖުމަތީ ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރުކޮށްފަ އެވެ. އޭގެ ކުރިން 5000 ހެލްމެޓު ބަހަން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ