Good governance Anti-corruption

30 days: Amend the Anti-Corruption Act to hold the people who accept bribes equally criminally liable as much as the one who gives the bribe

November 18, 2018
In progress
Dec 2018

ރިޝްވަތު ހިފުމާ ދިނުން އެއްވަރަކަށް ކުށްވެރިވާހެން ގާނޫނަށް ބަދަލު ގެންނަނީ

CNM December 20, 2018

ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ބަދަލު ގެނައުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިންމައިފި އެވެ

އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތުދޭ މީހާވެސް ކުށްވެރިވާގޮތަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ބަދަލުގެނައުމުގެ ވައުދު ފުއްދުމަށް މަގުފަހި ކުރުމަށް އޭޖީ އޮފީހުން އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާއި، އަމަލުކުރެވެމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ގާނޫނުތައް ފާހަގަކޮށް، އެ އިސްލާހުތަކުގެ މަސައްކަތް ނިންމާ، ސަރުކާރުގެ ވައުދު ފުއްދުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށައަޅަމުންދާ ކަމަށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ބޭނުންވާ އެހީތެރިކަން ބަންޑާރަނައިބުގެ އޮފީހުން ދަނީ ފޯރުކޮށްދެއްވަމުންނެވެ. މިގޮތުން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން އިސްލާހު ގެންނަން ޖެހޭ 11 ގާނޫނެއް ފާހަގަކުރެވިފައިވާއިރު އޭގެތެރެއިން 10 ބިލެއްގެ ދެލިކޮޕީ ނިންމާ، ބައެއް ބިލުތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފަ އެވެ