Society Education

60 days: Make undergraduate degrees in Maldives tuition free

November 18, 2018
Achieved
Jan 2019

އަމިއްލަ ކޮލެޖްތަކުގައިވެސް ހިލޭ ޑިގްރީ ހެދޭނެ - މިނިސްޓަރ

PSM News January 01, 2019

ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޔުނިވަރސިޓީތަކުގައި އެކަނި ނޫންކަމަށާއި އަމިއްލަ ކޮލެޖްތަކުގައިވެސް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު އޮންނާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ

އެގޮތުން މި ވަޢުދު ފުއްދުމަށްޓަކައި ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށާއި، ސަރުކާރުގެ ހުރިހާ ވަޢުދުތައްވެސް ފުއްދަމުންދަނީ އެކަމަށް ބަޖެޓްކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނީ ހަމައެކަނި ސަރުކާރުގެ ކޮލެޖް ޔުނިވާރސީޓީތަކުގައި އެކަނި ނޫންކަމަށާއި، އަމިއްލަ ކޮލެޖުތަކުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ކެމްޕަސްތަކުގައިވެސް މިފުރުޞަތު ލިބޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ