އިގުތިސާދު މަސްވެރިކަން

މަސްވެރިކަމަށް ނުކުންނަން ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑިސެލް ގެ އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެ : 30 ދުވަސް

November 18, 2018
ހާސިލް ކުރެވިއްޖެ
Dec 2018

ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކާގުޅޭ 2 ބިލަކާއި އިތުރު 4 ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް December 20, 2018

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކާއި ގުޅޭ ދެ ބިލަކާއި އިތުރު ހަތަރު ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފިއެވެ

މިއަދު ތަސްދީގު ކުރެއްވި ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކާއި ގުޅޭ އަނެއް ބިލަކީ 12 ޑިސެންބަރު 2018 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 79/31، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ". މި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގައި މަސްވެރިކަންކުރާ މަސްދޯނިފަހަރުގައި ބޭނުންކުރާ ޑީސެލުންނާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސެލުން ނަގާ އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ