އިގުތިސާދު ފަތުރުވެރިކަން

ގެސްޓްހައުސްތަކަށް ސިމްޕޯސިއަމް ބޭއްވުން : 30 ދުވަސް

November 18, 2018
ހާސިލް ކުރެވިއްޖެ
Dec 2018

ގެސްޓްހައުސް ސިމްޕޯސިއަމް 2018 ފަށައިފި

ވަން އޮންލައިން December 29, 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކަރާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ގެސްޓްހައުސް ސިމްޕޯސިއަމް މިއަދު ފަށައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ

ދަރުބާރުގޭގައި ކުރިއަށްދާ މި ސިމްޕޯސިއަމް ހަތަރު ސެޝަނަކަށް ބަހާލާފައިވާއިރު ފުރަތަމަ ސެޝަންގައި ކުރިއަށްދަނީ ގެސްޓްހައުސް ހިންގުމުގެ ގާނޫނީ އޮނިގަނޑަށް އަހުލުވެރިކޮށް ހޭލުންތެރި ކުރުމެވެ. ދެވަނަ ސެޝަން ޚާއްސަކޮށްފައި ވަނީ ފަތުރުވެރިކަމާ މުޖުތަމައުއަށެވެ. ތިން ވަނަ ސެޝަންގައި ޑެސްޓިނޭޝަން މާކެޓިންއާ ގުޅޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރާނެ އެވެ. މި ސެޝަންގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުން ކުރިއަށްދާނެ އެވެ

މީގެ އިތުރުން މި ސިމްޕޯސިއަމްގައި ގްރޫޕް މަޝްވަރާތައް ވެސް ކުރިއަށްދާނެ އެވެ. ސިމްޕޯސިއަމް ނިންމާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ގެސްޓްހައުސް ސިމްޕޯސިއަމެއް ބޭއްވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ

Dec 2018

ގެސްޓް ހައުސް ސިމްޕޯސިއަމް މި މަހުގެ 29 ގައި ބާއްވަނީ

މިހާރު December 15, 2018

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އއ. ރަސްދު އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ގެސްޓް ހައުސް ސިމްޕޯސިއަމެއް ބޭއްވުމަކީ މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ފުރަތަމަ 30 ދުވަހުގެ ވައުދެއް ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ގެސްޓް ހައުސް އަކުން އެ ސިމްޕޯސިއަމްގައި ބައިވެރިވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ

އަލީ ވަހީދު ވިދާޅުވީ، ގެސްޓް ހައުސްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސިމްޕޯސިއަމްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކަކުން ބައިވެރިވެވޭނެ ގޮތަށް ބާއްވާ އިތުރު ސިމްޕޯސިއަމެއް، މި ފަހަރުގެ ސިމްޕޯސިއަމްގައި އިއުލާން ކުރާނެ ކަމަށެވެ

ސިމްޕޯސިއަމްގައި، ގެސްޓް ހައުސްތަކާ ގުޅޭ ގަވައިދުތައް އެކުލަވައިލާއިރު، އެ ވިޔަފާރި ހިންގާ ފަރާތްތަކުން ބޭނުންވާ ކަންކަމަށް އޭގައި ހިމެނޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ