އިގުތިސާދު ދަތުރުފަތުރު

އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރެވޭނެ : 30 ދުވަސް

November 18, 2018
ހާސިލް ކުރެވިއްޖެ
Jan 2019

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު 25-30 އިންސައްތައަށް ހެޔޮކޮށްފި

ވަން އޮންލައިން January 02, 2019

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު 25-30 އިންސައްތައަށް ހެޔޮކޮށްފިއެވެ

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެފައިވާ ވައުދު ފުއްދުމަށްޓަކައި މިވަގުތު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދިވެހިން އަދި ބިދޭސީ މަސައްކަތްތެރީންގެ އަތުން ނަގާ އަގުތައް ހެޔޮކުރުމަށް ސަރުކާރާއި މަޝްވަރާކުރެވިގެން އެ ކުންފުނީގެ ފަރާތުން އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ މަންޒިލުތަކުގެ ދެކޮޅު ޓިކެޓުތަކުގެ އަގު ހެޔޮކުރުމަށް ނިންމާފައިވާ ކަމަށެވެ

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ގެނެވުނު ބަދަލު (ޓެކްސްއާއި ޖީއެސްޓީ ހިމަނައިގެން): މާލެ - ހަނިމާދޫ - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު މާލެ - އިފުރު - މާލެ: 1،500 ރުފިޔާއާއި 2،056 ރުފިޔާއާ ދެމެދު މާލެ - ދަރަވަންދޫ - މާލެ: 1،098 ރުފިޔާއާއި 1،562 ރުފިޔާއާ ދެމެދު މާލެ - ކުޑަހުވަދޫ - މާލެ: 1،500 ރުފިޔާއާއި 2،056 ރުފިޔާއާ ދެމެދު މާލެ - ތިމަރަފުށި - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު މާލެ - ކައްދޫ - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު މާލެ - ކޫއްޑޫ - މާލެ: 1،652 ރުފިޔާއާއި 2،442 ރުފިޔާއާ ދެމެދު މާލެ - ކާޑެއްދޫ - މާލެ: 1،652 ރުފިޔާއާއި 2،442 ރުފިޔާއާ ދެމެދު މާލެ - ފުވައްމުލައް - މާލެ: 1،698 ރުފިޔާއާއި 2،598 ރުފިޔާއާ ދެމެދު މާލެ - ގަން - މާލެ: 1،698 ރުފިޔާއާއި 2،666 ރުފިޔާއާ ދެމެދު

އައިއޭއެސްއެލް އިން އިއުލާންކޮށްފައިވާ އާ އަގުތަކުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ޓިކެޓު ވިއްކަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ