އިޖްތިމާއީ ދަތުރުފަތުރު

މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހެދޭނެ : 30 ދުވަސް

November 18, 2018
ހާސިލް ކުރެވިއްޖެ
Dec 2018

މާލެ-ހުޅުމާލެ ބަސް ދަތުރުތަކަށް ބަސް ސްޓޮޕްތައް އިތުރުކޮށް، ޚިދުމަތް ދޭން ފަށައިފި

މިހާރު December 01, 2018

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރުތަކުގައި މާލެ އާއި ހުޅުމާލޭގައި ވެސް ބަސް މަޑުކުރާނެ ސްޓޮޕްތައް އިތުރުކޮށް، މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށައިފި އެވެ

މިއަދު ހަވީރުން ފެށިގެން ވަނީ މާލޭގައި އެ ބަސް މަޑު ކުރާނެ އިތުރު ދެ ތަނެއް ހަމަޖައްސައި އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ ހިސާބުގެ އެކި ތަންތަނަށް ބަސް މަޑުކުރާ ގޮތަށް ހަމަޖައްސައިފަ އެވެ. މާލޭގައި ބަސްތައް މަޑު ކުރާނީ ރިންގް ރޯޑްގެ ޕޮލިސް ޓޯޔާޑް ކައިރި އަށާއި ސްޓެލްކޯ ފުރަގަހަށެވެ. ހުޅުމާލޭގައި ބޮޑެތި މަގުތަކުން ދަތުރުކޮށް، ޖުމްލަ ހަތް ތަނަކަށް އެ ބަސް މަޑު ކުރާނެ އެވެ

އެ ޚިދުމަތް މިއަދު ހަވީރު ފައްޓަވައި ދެއްވުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އެ ޚިދުމަތުގެ ސަބަބުން ގިނަ ބަޔަކަށް އޭގެ ފަސޭހަތައް ވެގެންދާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މާލޭގެ އެތެރޭގެ ދަތުރުތަކަށް ކުދި ބަސްތައް ބޭނުން ކުރުން ކަމަށެވެ. އެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާ ކަމަށް ނަހުލާ ވިދާޅުވި އެވެ

Nov 2018

ބަސް ސްޓޮޕްތަކުގެ ހިދުމަތް ފަށަނީ

ސަން އޮންލައިން November 28, 2018

މާލެ އާއި ހުޅުމާލެއާ ދޭތެރޭގެ ދަތުރުތަކަށް ފަސޭހަ ކުރުމުގެ ގޮތުން ގާއިމް ކުރަން ނިންމާފައިވާ އިތުރު ބަސް ސްޓޮޕްތަކުގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ

މިއަދު ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވައުދު ފުއްދަން ބޭނުންވާ ރޭވުންތައް ނިންމައި އެ ސްޓޮޕްތަކުގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އިއުލާނު ކުރައްވާފަ އެވެ

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ހުޅުމާލޭގައި ބަސް ސްޓޮޕުތައް، ފެރީ ޓާމިނަލް ހުރި ހިސާބުން އިއްޒުއްދީން މަގާ ހިސާބަށް ބަހައްޓާނެ ކަމަށެވެ. އެއީ ނެއިބާހުޑްތަކަށް ފަސޭހައިން ވަދެވޭނެ ސަރަހައްދެއް ކަމަށް އޭނާ ވިދާޅުވި އެވެ