އިގުތިސާދު ތައުލީމް

ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރެވޭނެ. އަދި މިހާރު ކިޔަވާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ތަކުލީފަކަށް ނުވާނެ ގޮތަށް ރިވިއުކުރުމަށްފަހު ރީސްޓްރަކްޗަރ ކުރުމަށް ހުޅުވާލެވޭނެ : 30 ދުވަސް

November 18, 2018
ހާސިލް ކުރެވިއްޖެ
Dec 2018

ސްޓޫޑަންޓް ލޯން ދައްކާ މުއްދަތު އިތުރުކޮށް އިންޓަރެސްޓް ތިން ޕަސެންޓަށް ކުޑަކޮށްފި

ސަން އޮންލައިން December 31, 2018

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން މިއަދު މެންދުރު އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްްއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ސްޓޫޑަންޓް ލޯން ދައްކާ ފަރާތްތަކަށް އެކަން ބޮޑު ތަކުލީފަކަށް ވެގެން ދިއުން ނޫން ކަމަށެވެ. އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ދައްކަން ފަސޭހަވާނެ ގޮތަށް އެ ސްކީމް އަލުން ރީސްޓްރަކްޗާ ކުރުމަށް ވަނީ ހިމަނައިފަ އެވެ

"ފަސް ޕަސެންޓް ތިން ޕަސެންޓަށް އަޅުގަނޑުމެން މިވަނީ ކުޑަކޮށްފައި. ދެން އަނެއްކާ އާ ސްކީމް ތިން ޕަސެންޓަށް ކުޑަކޮށްފައި ލޯނު ފައިސާ ދައްކާ މުއްދަތު ޖުމްލަ ގޮތެއްގައި 25 ޕަސެންޓްގެ މުއްދަތައް އަޅުގަނޑުމެން ދިގުކޮށްދެން،" މިނިސްޓަރު ވިދާޅުވި އެވެ

މިނިސްޓަރު ވިދާޅުވީ ލޯން ސްކީމް ރީ ސްޓަރަކްޗާ ކުރުމާ ގުޅިގެން ކުރިން ސްޓޫޑަންޓް ލޯން ނަގައިފައިތިބި ދަރިވަރުން ވެސް އާ އުސޫލުގެ ދަށުން އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބޭންކްތަކާ މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ