މުއައްސަސާތައް ސިއްހަތު

ދިވެހި ބޭސްވެރިކަން އަދި އޯލްޓެނޭޓިވް މެޑިސިން ކުރިއެރުވުމާ ގުޅޭ މަހާސިންތާ ބޭއްވޭނެ : 30 ދުވަސް

November 18, 2018
ހާސިލް ކުރެވިއްޖެ
Dec 2018

ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ ރައީސް އިފްތިތާހުކޮށްދެއްވައިފި

ވޮއިސް December 30, 2018

ދިވެހި ބޭސްވެރިކަން ކުރިއެރުވުމާއި ގުޅޭ ގައުމީ މަހާސިންތާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިފްތިތާހުކޮށްދެއްވައިފިއެވެ. ހޮޓެލް ޖެންގައި މިއަދު ފެއްޓި މި މަހާސިންތާގައި ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިންގެ ދާއިރާގައި ހަރަކާތްތެެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާނެއެވެ

ހެލްތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި މަހާސިންތާގައި ދިވެހި ބޭސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި އެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މެދު ވާހަކަދެއްކޭނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަހާސިންތާ އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ، ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއްކަމަށާއި އެ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއްކަމަށެވެ. އަދި އެކަން ކުރެވޭނީ މިޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަން ވެސް ކުރިއަރުވައިގެންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ

މި މަހާސިންތާގެ ތެރެއިން ވަނީ ދިވެހި ބޭސްވެރިކަމުގެ ފޮތްތަކާއި ބޭނުންކުރާ ބާވަތްތައް ދައްކާލުމުގެ މައުރަޒެއްވެސް ފައްޓާފައެވެ