Society Social protection

30 days: Open opportunities for persons with disabilities to apply for job vacancies and shape their life from these jobs

November 18, 2018
Achieved
Dec 2018

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދޭން ޖެންޑާ މިނިސްޓްރީން އެހީވަނީ

Hafthaa December 30, 2018

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުވުމުގެ ގޮތުން އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމަކީ އެ މިނިސްޓްރީގެ މުހިއްމު އަމާޒެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުރިހަމަކުރެއްވުމަށް ހާއްސަ އިސްކަމެއްދޭ ކަމަށް ވެސް ވިދާޅުވިއެ

އެގޮތުން، މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 20 ފަރާތަކުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެދި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދަޅުވީ، އެ ފަރާތްތަކުގެ ތެރެއިން ހަ ފަރާތަކަށް ވަޒީފާ ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށާއި އޭގެ ތެރެެއިން އެއް ކުއްޖަކު މިހާރު ވަޒީފާއަށް ނުކުންނަން ފަށާފައިވާ ކަމަށެވެ