Society Social protection

30 days: Gather information about persons with disabilities on all islands, recovering addicts and people in need of social welfare on all islands, and create a community based rehabilitation network

November 18, 2018
Achieved
Dec 2018

ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަންގެ 89 ކޮމިޓީ އެކުލަވާލައިފި

The Press December 30, 2018

ރަށްރަށުގައި ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން މެކޭނިޒަމްގެ ތެރެއިން ނެޓްވޯކްތައް ގާއިމްކޮށް، ރަށު ފެންވަރުގައި 89 ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މިފަދަ ކޮމިޓީތައް އެކުލަވާލެވި އެފަރާތްތަކަށް ދޭންޖެހޭ ތަމްރީނުތައް ދެވި، އެ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި، މިހާތަނަށް 89 ރަށެއްގައި މި ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނާ އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އަތޮޅު ތެރޭގައި ރައްޔިތުންނާއި ގާތުން، މި ހިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމްތައް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ

މިނިސްޓަރު ވިދާޅުވީ ރަށު ފެންވަރުގައި ގާއިމްކުރެވޭ ކޮމިޓީތައް އުފައްދާ އެފަރާތްތަކަށް ދޭންޖެހޭ ތަމްރީނުތައް ދެވޭނެ ކަމަށެވެ. އަދި މިކަމުގެ މަގުސަދަކީ ރަށްރަށުގައި ތިބި ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެއްމެ އެކަށީގެންވާ ގޮތަކަށް އެހެނިހެން މުއައްސަސާތަކާއެކީގައި މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ