Justice Courts

30 days: Start making changes to the Judicial Service Commission and courts to reform the judiciary

November 18, 2018
Broken/Late
Jan 2019

ޖުޑިޝަރީ، ޖޭއެސްސީ އިސްލާހު ކުރުމަށް ބަންޑާރަ ނައިބާއެކު މަޝްވަރާ ކުރަނީ [LATE]

Mihaaru January 03, 2019

ޖުޑިޝަރީ އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ޕޮލިސީ ސެކްރަޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ ޖުޑިޝަރީ އިސްލާހުކުރުމަކީ ރައީސް އޮފީހަށް އެކަނި ކުރެވޭނެ ކަމަކަށްނުވާތީ އެ މަސައްކަތުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ

"އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށްވާތީ މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އެ މަޝްވަރާތައް ކުރިއަށް ގެންދޭ،" ޝައުނާ ވިދާޅުވި އެވެ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަޝްވަރާތައް ބަންޑާރަ ނައިބާއެކު ކުރަމުންދިޔަ ނަމަވެސް ބޭރުގެ ޖަމިއްޔާތަކާއި ފަނޑިޔާރުންނާއި ވަކީލުންގެ މަޝްވަރާ އާއި ލަފާ ވެސް ރައީސް އޮފީހުން ހޯދާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ

Jan 2019

Progress not started up to 30th working day

January 02, 2019