Institutions Local councils

30 days: Pave way to hold town hall meetings of local councils upon request by a certain number of people

November 18, 2018
Achieved
Jan 2019

ކައުންސިލްތަކުގެ "ޓައުންހޯލް ބައްދަލުވުން"ވުމުގެ އުސޫލް ކަނޑައަޅައިފި

Avas January 02, 2019

ވަކި އަދަދެއްގެ ރައްޔިތުން އެދުމުގެ މަތީން ބާއްވަންޖެހޭ ކައުންސިލްތަކުގެ "ޓައުންހޯލް ބައްދަލުވުން" ބާއްވާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި މިއަދު ފާސްކޮށްފި އެވެ

ލޯކަލް ގަވާމެންޓް އޮތޯރިޓީ، (އެލްޖީއޭ) އިން ބުނީ، ވަކި އަދަދެއްގެ ރައްޔިތުންގެ އެދުމުން ކައުންސިލްތަކުގެ ޓައުންހޯލް ބައްދަލުވުން ތައް ބޭއްވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ ގުޅިގެން ކައުންސިލްތަކުގެ އިހްތިސާސްތަކުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ކައުންސިލްތަކުން އެއް އުސޫލެއްގެ ދަށުން އަމަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުން ކައުންސިލްތަކާ މަޝްވަރާކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޓައުންހޯލް ބައްދަލުވުން ބާއްވާނެ ގޮތުގެ އުސޫލު މިއަދު ފާސްކޮށްފައިވާ ކަމަށެވެ. އެ އުސޫލު ފާސްކުރީ މިއަދު ބޭއްވި މިއޮތޯރިޓީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގަ ކަމަށްވެސް އެލްޖީއޭއިން ބުންޏެވެ

އެ އުސޫލުގައިވާ ގޮތުން ސިޓީއެއްގައި ނުވަތަ ރަށެއްގައި ދިރިއުޅެމުންގެންދާ މީހުންގެ ތެރެއިން 100 މީހުން ނުވަތަ އެތަނެއްގައި އާންމުކޮށް ދިރިއުޅޭ އާބާދީގެ 20 ޕަސެންޓް ރައްޔިތުން، ކައުންސިލްގެ އިހްތިސާސް ހިމެނޭ ކަންކަމާއި ގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ހިޔާލު ފާޅުކުރުމަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް އެދެފިނަމަ، އެކަންކަމާއި މަޝްވަރާ ކުރުމަށް ޓައުންހޯލް ބައްދަލުވުމެއް، ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބާއްވަންޖެހޭނެ ކަމަށެވެ