Society Recreation

30 days: Close off designated roads in Malé on Friday morning and create a Jazeera (island) environment for children and families

November 18, 2018
In progress
Jan 2019

ޖަޒީރާ މާހައުލެއް ހޯދައިދިނުމަށް ހުކުރު ދުވަހު މާލޭގެ ބައެއް މަގުތައް ބަންދުކޮށްލަނީ!

V news January 02, 2019

ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލޭގެ ބައެއް މަގުތައް ބަންދު ކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ މަގުތައް ބަނދުކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 6:30 އިން ފެށިގެން 10:30 އަށް ކަމަށެވެ. އަދި މިވަގުތުތަކުގައި މާލެ ތެރޭގެ ޖުމްލަ 10 މަގެއް ބަންދުކުރާނެ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އެކަން ފަށާނެ ވަކި ދުވަހެއް ހައުސިން މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ

ޝާމިން ވިދާޅުވީ މާލޭގެ މަގުތަކެއް ބަންދުކުރާއިރު މީހުންނަށް އުނދަގޫ ނުވާނެ ހުރިހާ ގޮތެއް ބަލައިގެން އެކަން ކުރާނެ ކަމަށެވެ. އެގޮތުން ހެދުނު ގަޑީގައި ދުއްވާ މީހުންނާއި ހުކުރަށް ދިޔުމަށް ދާ މީހުންނަށްވެސް އުނދަގޫ ނުވާނެ ފަދަ ހުރިހާ ގޮތަކަށް ބަލައި ވިސްނާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ