Institutions Education

30 days: Revise the high-achievers scholarship scheme and make the scheme applicable for renowned universities in OECD countries

November 18, 2018
Achieved
Dec 2018

ހައި އެޗީވާސް ސްކޮލަޝިޕުން އޯއީސީޑީ ގައުމުތަކުން ކިޔެވޭ ގޮތް ހަދައިފި

Mihaaru December 31, 2018

އޭ ލެވެލް އިމްތިހާނުން ރާއްޖެއިން ދެ ވަނަ ލިބޭ ދަރިވަރުންނަށް ދެމުން އަންނަ ހައި އެޗީވާސް ސްކޮލަޝިޕުގައި އޯއީސީޑީ ގައުމުތަކުން ވެސް ކިޔެވޭ ގޮތަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ

ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަ އެ ސްކޮލަޝިޕުގައި ކުރިން ކިޔެވެނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރަކު ކިޔަވަން ބޭނުންްވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އެއީ މަތީ ތައުލީމުގެ ކަންތައްތައް ބަލަހައްޓަމުން އޭރު އައި ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަންގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެވެ

މިނިސްޓަރު ވިދާޅުވީ ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ މޮޅު ދަރިވަރުންނަކީ ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުން ކަމަށެވެ. އެހެންވެ އަލަށް ގެނައި ބަދަލުގައި ހިމެނިފައިވަނީ އެ ދަރިވަރުން އެންމެ ދާން ބޭނުންވާ ގައުމުތައް ކަމަށް ވިދާޅުވި އެވެ

އޯއީސީޑީ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ނިއުޒިލެންޑް އަދި ފިންލެންޑް ފަދަ ތައުލީމީ ގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތައް ހިމެނެ އެވެ