Institutions Housing

30 days: Hand over flats completed flats across Maldives to those who deserve it

November 18, 2018
In progress
Dec 2018

ތިނަދޫއިން ފްލެޓް ލިބުނު މީހުންގެ ފޯމްތައް އަލުން އިވެލުއޭޓް ކުރަން ފަށައިފި

PSM News December 19, 2018

ކުރީ ސަރުކާރުން ގދ. ތިނަދޫގައި އިމާރާތްކުރި 120 ހައުސިން ޔުނިޓު ލިބުނު މީހުންގެ ފޯމުތައް އަލުން އެރަށު ކައުންސިލުން އިވެލުއޭޓުކުރަން ފަށައިފިއެވެ. މި ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ތިނަދޫ ކައުންސިލުން ފަށާފައި މިވަނީ، އެ ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނިކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމާ ގުޅިގެން ފްލެޓްތައް ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލާފައި ވަނިކޮށެވެ

ފްލެޓުތައް ދޫކުރުން ހުއްޓުވުމުގެ ވަގުތީ ޢަމުރެއް ނެރެދިނުމަށް އެދި، ތިނަދޫ ކައުންސިލުން، އޭސީސީގައި އެދިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ތިނަދޫ ކައުންސިލުން އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަވަސް އަރުވާލައިގެން ވަކި ޕާޓީއަކަށް ނިޞްބަތްވާ ފަރާތްތަކަކަށް މަންފާ ލިބޭގޮތަށް ފްލެޓުތައް ދޫކޮށްފައިވާތީއާއި، ފްލެޓުތަކަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުރުވުމާއި، އެކަމުގެ ސަބަބުން ޢާންމުންގެ ތެރޭގައި މަޞްލަޙަތު ގެއްލުމުގެ ފުރުޞަތު އޮތުމުން ވަގުތީ އަމުރެއް ނެރެގެން ނަމަވެސް ފްލެޓު ދޫކުރުން ހުއްޓުވައި އެކަމާ ގުޅިގެން އަންނަ ޝަކުވާތައް ވީހާވެސް ކުޑަކޮށް އަދި އެންމެ އިންސާފުވެރިގޮތެއްގައި ފްލެޓު ދޫކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދޭކަމަށެވެ

ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހީމް އައްސަދު، ޕީއެސްއެމް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވީ، އެ މައްސަލާގައި އޭސީސީން އެންގީ ހައުސިން މިނިސްޓްރީގެ ލަފާގެ މަތިން ކުރިއަށް ދިއުމަށް ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީގެ ލަފަޔާއެކު ކޮމިޓީއެއް އެކުލަވާލައި، އަލުން ފޯމުތައް ޗެކް ކޮށް މާކްސް ދީފައިވަނީ ރަނގަޅަށްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނެނީ، ގދ. އަތޮޅު ކައުންސިލްގެ 2 މުވައްޒަފަކާއި، ތިނަދޫ އަންހެނުންގެ ޖަމްޢިއްޔާގެ 2 މުވައްޒަފަކާއި ތިނަދޫ ކައުންސިލްގެ ތިން މުވައްޒަފަކު ހިމެނޭހެން، ޖުމްލަ 7 މެމްބަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އައްސަދު ވިދާޅުވީ، ފްލެޓު ދީފައިވާ ގޮތުގެ ތަފްސީލު އެނގުމުން، އޭގައި ބޮޑެތި މައްސަލަތަކެއް ނެތް ނަމަ ކައުންސިލްގެ އަމާޒަކީ ވީހާވެސް އަވަހަށް ފްލެޓު ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުންކަމަށެވެ