Institutions Health

30 days: Ensure that medicine and medical services for thalassaemia patients in all parts of the country are available from where they reside

November 18, 2018
Achieved
Dec 2018

ހުރިހާ ރަށަކުން ތެލަސީމިއާ ކުދިންގެ ބޭސް ލިބޭ ގޮތަށް ހަމަޖައްސައިފި

Kulhudhuffushi Online December 27, 2018

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސްތައް ހުރިހާ ރަށަކުން ލިބޭ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ ލެއާ ބެހޭ ގައުމީ ވައްދު އިފްތިހާތު ކުރުމުގެ ގޮތުން ޗަންޕާ ސެންޓަރަލް ހޮޓަލް ގައި ބޭއްވި ރަސްމިއްޔާގައި މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ދާއިމީ ގޮތައެއްގައި ލިބި ދިިނުމަށްޓަކައި ބޭނުންވާ ބޭސްތަށް ހޯދުމަށް އެސްޓިއޯ ގެ ހުރިހާ ބޭސް ފިހާރަތަކުން މިހާރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ

މިނިސްޓަރު ވިދާޅުވީ ލޭ ރައްކާ ކުރެވޭ ނިޒާމެއް އަތޮޅު ތަކުގެ ހޮސްޕިޓަލު ތަކުގައި ގާއިމް ކުރެވިފައިވީ ނަމަވެސް ހުރިހާ އަތޮޅުތަކެއްގެ ހޮސްޕިޓަލުގައި ލޭ ރައްކާ ކުރުމުގެ ނިޒާމު ގާއިމް ކުރެވިފައިނުވާ ކަމަށެވެ. އަމީން ވިދާޅުވީ ލޭ ރައްކާ ކުރުމުގެ ނިޒާމު ގާއިމް ކުރެވެން ނެތް ރަށްރަށުގައި މޯލްޑިވްސް ބްލަޑް ސާވިސް އާ ގުޅިިގެން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން ދާކަމަށެވެ

އަދި މީގެ އިތުރުން ރާއްޖެ އަލަށް އަންނަށް ޑޮކްޓަރުންނަށް އަމާޒު ކޮށްގެން ރާއްޖޭޭގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ކުރާގޮތުގެ މައުލޫމާތު ދޭނެކަމަށެވެ. ލެޔާ ބެހޭ ރިޔާސީ ވައުދުގެ ދަށުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ލޭ އެޅުމަށް ބޭނުންކުރާ ފިލްޓަރުވެސް ވެސް ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާ ތެލެސީމިއާ ކުދިންގެ އަދަދު މަދު ކުރުމަށްޓަކާ ގައުމީ ފެންވަރުގައި ހޭލުންތެރި ކުރުވުމުގެ ޕްރްގްރާމް ފެށުމަށްވެސް ވަނީ ނިންމާފަ އެވެ