Institutions Health

7 days: Start a regular program to reduce mosquitoes, rats and bats across Maldives

November 18, 2018
Broken/Late
Dec 2018

ބަލިފަތުރާ ޖަނަވާރާއި މަދިރި މަދުކުރުމުގެ ޕްރޮގްރާމުގައި ފަސް އިދާރާއަކުން ބައިވެރިވެއްޖެ [LATE]

Mihaaru December 31, 2018

ރާއްޖޭގައި ބަލިފަތުރާ ޖަނަވާރާއި މަދިރި އާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ހިންގުމަށްޓަކައި ފަސް އިދާރާއަކުން ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ހިމެނޭ ވައުދު ފުއްދުމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް ކޮންސްޓްރަކްޝަން އެސޯސިއޭޝަން (މަސީ) އިން ވެސް ވަނީ އެ މަސައްކަތުގައި ބައިވެރިވެފަ އެވެ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޑެންގީ ޖެހިގެން އެއްވެސް ފުރާނައަކަށް ނުރައްކާ ނުވުމާއި ޑެންގީ މަދިރި ރާއްޖެއިން މަދުކުރުމަށް އެންމެ ޒަމާނީ ހޯދުންތައް ތައާރަފުކޮށް ބަލި ފަތުރާ ސޫފާސޫފި ދެނެގަނެ އެ ތަކެތި މަދުކުރުމަށް ފަހުގެ ދިރާސާތަކާއެކު މަސައްކަތް ކުރުން މި ޕްރޮގްރާމްގައި ހިމެނޭ ކަމަށެވެ. އަދި އެ މަސައްކަތުގައި ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ

މިނިސްޓަރު ވިދާޅުވި ގޮތުގައި، ތަރައްގީވެފައިވާ ގައުމުތަކުގައި ވަސީލަތްތައް ހުރި ކަމުގައި ވިއަސް އެ ގައުމުތަކުގައި ޑެންގީ ފަތުރާ މަދިރި ކޮންޓްރޯލް ކުރަން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި އޮންނަ ފަދަ ގައުމީ ރޫހާއި އެއްބައިވަންތަކަން ނެތުމެވެ. އެހެންވެ އެ މަސައްކަތުގައި ކާމިޔާބު ހޯދުމަށް ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވި އެވެ

Dec 2018

މަދިރި ނައްތާލުމުގެ ގޮތުން ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން ސާފުކުރުމުގެ ޕްރޮގްރާމް ފަށައިފި [LATE]

PSM News December 16, 2018

މަދިރި ނައްތާލުމުގައި ނަމޫނާ މުއައްސާއަކަށްވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ސާފުކުރުމުގެ ޕްރޮގްރާމް ހެލްތް މިނިސްޓްރީން ފަށައިފިއެވެ. މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ ޕްރޮގްރާމް ޤަވާއިދުން ހިންގަން ފެށުމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ރިޔާސީ ވަޢުދެކެވެ

Dec 2018

މާލޭގައި މަދިރި ގިނަވާތީ ނައްތާލުމުގެ މަސައްކަތް ފަށައިފި [LATE]

Avas December 03, 2018

އެޗްޕީއޭ، ހެލްތު މިނިސްޓްރީ އަދި ސިޓީ ކައުންސިލް ބައިވެރިވާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން، އެތަންތަނުގެ އިސް ބޭފުުޅުން މިއަދު ވަނީ މާލޭގެ ބައެއް ކާނުތައް ބަލައި، މަދިރި އާލާވާގޮތަށް ހުރި ގެވަޅުތަކަށް ގޮސް އެތަންތަން ބައްލަވާފަ އެވެ. އަދި އެ ތަންތަން ސާފުކުރުމުގެ މަސައްކަތް ވެސް ފައްޓަވައިދެއްވާފަ އެވެ

Nov 2018

Progress not started up to 8th working day

November 28, 2018

Nov 2018

ރާއްޖެއިން މަދިރިއާއި، މީދަލާއި، ވާ މަދުކުރުމުގެ ޕްރޮގްރާމެއް ފަށަނީ [LATE]

PSM News November 28, 2018

ރާއްޖެއިން މަދިިރިއާއި، މީދަލާއި، ވާ މަދު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗް.ޕީއޭއިން ހާމަކޮށްފިއެވެ